ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން އުމުރަށް ޖަލަށްލީ ކާފަ ނިޔާވެއްޖެ

ރޭޕްގެ މައްސަލައިގައި ތުހުމަތުވާ ހައްޔަރުކުރި ކުއްޖާގެ ކާފަ (ކ) އާއި މުނިކާފަ

އުމުރުން ދެ އަހަރުގެ ކާފަ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށްލާފައި ހުރި އެ ކުއްޖާގެ ދެވަނަ ކާފަ ނިޔާވެއްޖެއެވެ.

ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މަރުވެފައި ވަނީ ގއ.ކަނޑުހުޅުދޫ / ރިހިވެލި އިބްރާހިމް ދީދީ (62) އެވެ. އޭނާ އަކީ 2020 ވަނަ އަހަރު ކާފަ ދަރިފުޅާ ބެހިގެން ޖަލަށްލި މީހެކެވެ.

ކަރެކްޝަނުން ބުނީ އިބްރާހީމް ދީދީ ރޭ ހޭލާ އުޅެނިކޮށް ކުއްލިއަކަށް ވެއްޓުމާއި ގުޅިގެން މެޑިކަލް ޓީމުން ބަލައި، އަވަސް ފަރުވާ ދިނުމުންވެސް ހަރަކާތް ނުކުރާތީ، އެމަޖެންސީ ހާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ކަމަށެވެ.

ފަރުވާ ދިނުމަށްފަހުވެސް ހަރަކާތެއް ނެތުމުން ރޭ 2:40 ގައި އޭނާ މަރުވިކަމަށް ކަނޑައަޅާފައިވާ ކަމަށް ކަރެކްޝަނުން ބުންޏެވެ. އެ އިދާރާއިން ބުނީ އޭނާ އަކީ ހައި ބަލްޑް ޕްރެޝާ، ކޮލެސްޓްރޯލް އަދި ޓްރެމަރސް، ފަދަ ބަލިތަކަށް ބޭސްކުރަމުން އައި މީހެއް ކަމަށެވެ.

އަދި އޭނާ ނިޔާވިކަން އޭނާގެ އާއިލާ އަަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންނާއި އެޗްއާރުސީއެމާއި އެންއައިސީ އަށް އަންގާފައިވާ ކަަމަށް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.