ލިއޮނެލް މެސީ
ހޮންޑިއުރަސްގައި ކުޅުނު މެޗެއްގައި އިންޓަރ މަޔާމީއިން ސީ.ޑީ އޮލިމްޕިއާ 5-0 އިން ބަލިކޮށްލުމަށްފަހު، ލިއޮނެލް މެސީ ވަނީ އޭނާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ފޮލޯވަރުންނާ މުޚާތަބުކޮށް ޝުޢޫރުތައް ފާޅުކޮށްފައެވެ.
މި މެޗުގައި މެސީ ވަނީ ލުއިސް ސުއާރެޒްގެ އެހީގައި ފުރަތަމަ ގޯލު ޖަހައިދީފައެވެ. އަދި ނޯވާ އެލެންގެ ތިންވަނަ ގޯލަށް އެސިސްޓް ދީފައިވެއެވެ. މެޗަށްފަހު އިންސްޓަގްރާމްގައި ޕޯސްޓެއް ކުރަމުން މެސީ ވަނީ ހޮންޑިއުރަސްއަށް ޝުކުރު އަދާކޮށްފައެވެ.
"ތައްޔާރުވުމުގެ މިނެޓުތައް އިތުރުވަމުން… ހުރިހާ ކަމަކަށްޓަކައި ޝުކުރިއްޔާ ހޮންޑިއުރަސް!" މެސީ ލިޔުނެވެ.
މިއީ އިންޓަރ މަޔާމީގެ 2025 ވަނަ އަހަރުގެ އެމްއެލްއެސް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު ހަތަރުވަނަ މެޗެވެ. މީގެ ކުރިން އެމެރިކާ، ޔުނިވަރްސިޓާރިއޯ އަދި ސްޕޯޓިންގ ސަން މިގުއެލިޓޯއާ ވަނީ ކުޅެފައެވެ.
އިންޓަރ މަޔާމީގެ ފުރަތަމަ މެޗު ކުޅޭނީ ފެބްރުއަރީ 22 ގައި ނިއުޔޯކް ސިޓީ އެފްސީއާ ދެކޮޅަށެވެ. އޭގެ ކުރިން ވެލެންޓައިންސް ޑޭގައި އޯލަންޑޯ ސިޓީއާ ދެކޮޅަށް އެންމެ ފަހު ތައްޔާރީ މެޗު ކުޅޭނެއެވެ.
ކޮމެންޓް