ޓްރަމްޕް، ވޭތުވެދިޔަ ހަފްތާތަކުގެ ތެރޭގައި 200 އަށްވުރެ ގިނަ މުވައްޒަފުން ވަކިކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޕްޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް އައުމަށްފަހު، އެތައް ސަތޭކަ މުވައްޒަފުންނެއް ވަޒީފާއިން ވަކިކޮށްފިއެވެ.

މިގޮތުން ވޭތުވެދިޔަ ހަފްތާތަކުގެ ތެރޭގައި 200 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

އާންމު ގޮތެއްގައި އައު ވެރިކަމެއް ފެށުމާއެކު ބައެއް މުވައްޒަފުން ބަދަލުވުމަކީ އާދައިގެ ކަމެކެވެ. ނަމަވެސް ޓްރަމްޕްގެ ވެރިކަމުގައި މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން ސަރުކާރުގެ މިލިއަނުން ގުނާލެވޭ އަދަދެއްގެ މުވައްޒަފުންނަށް ވަޒީފާއިން ވަކިވުމަށް ފައިސާގެ ހުށަހެޅުންތަކެއް ހުށަހަޅައި، ތަފާތު ނައްތާލުމާއި ހަމަހަމަކަން ކުރިއެރުވުމުގެ ޕްރޮގްރާމްތައް ހުއްޓުވާލާފައިވެއެވެ.

ހުކުރު ދުވަހު، ޓްރަމްޕް ވަނީ އެ ޤައުމުގެ އެންމެ އިސް ރެކޯޑް ބަލަހައްޓާ ފަރާތްކަމުގައިވާ ޔޫއެސް އާކައިވިސްޓް ކޮލީން ޝޯގަން ވަޒީފާއިން ވަކިކޮށްފައެވެ. އަދި އެރޭ، ޖޯން އެފް. ކެނެޑީ ސެންޓަރ ފޯ ދަ ޕަރފޯމިންގ އާޓްސްގެ ބޯޑު މެންބަރުން ވަކިކުރުމަށް ވަޢުދުވެފައިވެއެވެ.

މީގެ އިތުރުން، ފެޑެރަލް އިލެކްޝަންސް ކޮމިޝަންގެ ޗެއަރ އެލެން ވެއިންޓްރޯބް އާއި ނެޝަނަލް ލޭބަރ ރިލޭޝަންސް ބޯޑުގެ ފުރަތަމަ އަންހެން މެންބަރު ގްވިން ވިލްކޮކްސް ވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

އަދި ޓްރަމްޕްގެ ކުރީގެ ސަރުކާރުގައި މަސައްކަތްކުރި ބައެއް އިސް ފަރާތްތައް ވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. މީގެ ތެރޭގައި ޖެނެރަލް މާރކް މިލީ އާއި އިރާނަށް ކަނޑައެޅި ޚާއްޞަ މަންދޫބު ބްރަޔަން ހުކް ހިމެނެއެވެ.

ޓްރަމްޕްގެ ވެރިކަމުގައި، ތަފާތު ނައްތާލުމާއި ހަމަހަމަކަން ކުރިއެރުވުމުގެ ޕްރޮގްރާމްތައް ހުއްޓުވާލުމަށް އަމާޒުކޮށް، އެފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން، ޓްރަމްޕްގެ މައްޗަށް ދަޢުވާކުރި ޕްރޮސެކިއުޓަރުންނާއި އެފްބީއައިގެ އިސް އޮފިޝަލުން ވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.