މުޙައްމަދު ވަޙީދު ޙަސަން މަނިކު ހުވާކުރުމުގެ ރަސްމީއަތުގައި
އަދު؛ ފެބްރުއަރީ 7ވަނަ ދުވަހަކީ 1932ވަނަ އަހަރަށް ފަހު އަނެއްކާވެސް އަލަށް 2008ވަނަ އަހަރު އެކުލަވައިލެވުނު އައު ގާނޫނު އަސާސީގެ ބާރު ކެނޑިގެން ދިޔަ ދުވަހެކެވެ.
ދިވެހިރާއްޖޭގައި ފުރަތަމަ އުފެދުނު މަލްޓިޕާޓީ ޑިމޮކްރެޓިކް ސަރުކާރު މީގެ ތޭރަ އަހަރު ކުރީން "އަދު" ފެބްރުއަރީ 7ވަނަ ދުވަހު ބަޣާވާތަކުން ވައްޓާލުމަކީ އަދުގެ ފެންނަންހުރި ތާރީހުގައި ރާއްޖޭގައި އަށަގެން ދިޔަ ޑިމޮކްރަސީ ބިންގާ ފުނޑިގެން ދިޔަ ދުވަހެވެ.
1932ވަނަ އަހަރު އަލަތު ގާނޫނު އަސާސީގެ ބާރު ކެނޑިގެން ދިޔަގޮތާއި 2008ވަނަ އަހަރު އަލަށް އެކުލަވާލި ގާނޫނު އަސާސީގެ ބާރު ފެބްރުއަރީ 7ވަނަ ދުވަހު ކެނޑިގެން ދިއަ ދިއުމުގައި ތަފާތެއް ހުރިނަމަ އެއީ ވަގުތާއި ހާލަތެވެ. އުވައި ލުމާއި އުވައި ނުލުން ބިނާވަނީ އެއަށް އަމަލުކުރުމާއި ނުކުރުމުގެ މައްޗަށް ނުންތޯއެވެ؟ އަމަލު ކުރާ ނަމަހީ ގާނޫނުގައި ބަޔާންކޮށްފައިވާ އަދަބާއި ސަދަބު ތަންފީޒުކުރާތީ ފެނުނީހެވެ. އަދުގެ ގާނޫނު އަސާސީ ތޯއެވެ؟ އޭގެ މައްޗަށް އަމަލުކޮށް ތަބާވާން އޮތް ގާނޫނު އަސާސީއެއް ނަމަ، އެ ދުވަހު؛ ފެބްރުއަރީ 7ވަނަ ދުވަހު އެ ގާނޫނު އަސާސީގެ ހިޔަލުގައި ތިބެ އެ ކުޅަ ބަޣާވާތުގެ ކުށަށް އަދަބު ލިބުނު ބަޔަކު ތިބީހެވެ.
ހަމަގައިމުވެސް ގާނޫނު އަސާސީއަށް އަމަލުކުރުން އޮތް ނަމަހީ ދައުލަތް ލޫޓުވައި ވައްކަމާއި ކޮރަޕްޝަނުގެ ހާއްޔެއް ކަމުގައި މުޅި ދައުލަތް ވެގެން ނުދިޔައީހެވެ. މި ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިފަހުން ރައްޔިތުންގެ ބައިތުލްމާލުން ކުރި ވަށްކަމާއި ސަރުކާރުތަކުން ހިންގި ޖަރީމާތަށް ބަލައި އަދިއަދަށް ދާންދެންވެސް ފުރިހަމަ ކުރެވުނު ސަރީއަތެއް ފެންނާކަށް ނެތެވެ. ގެއްލުނީ އިތުބާރެވެ. ރައްޔިތުންގެ އިތުބާރެވެ. ތަފާތަކީ މިއީ 1932 ވަނަ އަހަރު ކަމުގައި ނުވިކަމާއި 2008 ވަނަ އަހަރު ސިއްކަޖެހި "ފެހި" ގާނޫނު އަސާސީއަކީ އެއިރެއްގައި ވެރިކަމުގައި ހުންނަ ވެރިއެއްގެ އަމިއްލަ ތަރުޖަމާއަކަށް ވާކަމެވެ. މާނަ އޮތީ ރައީސުލްޖުމްހޫރިއްޔާގެ ހިތްޕުޅުގައެވެ.
އެއީ ފަހަރުގައި ސްޕްރީމްކޯޓު ފުރާޅު ޓިނު ބަދަލު ކުރުން ކަމުގައި ވިޔަސް ފަހުބަސް އިއްވާނެ ބާރަކީ ރައީސްއެވެ. ނޫނީ ވިއްޔާ އަނެއްބައިފަހަރު މަޖިލިސް މެންބަރުންގެ ރުހުމުގައެވެ. ނުރުހޭނަމަ ބެންޗު ބަދަލުކުރުމަކަށްވެސް ހުރަހެއް ނެތެއް ނުންތޯއެވެ.
އެދުވަހުން ފެށިގެން ވެރިކަމުގެ ނިޒާމަށް އޮތް ބާރާއި ދައުލަތުގެ އިދާރާތަކަށް އޮތް ރައްޔިތުންގެ އިތުބާރު ގެއްލުވާލައި ދިވެހީން އެދިގެން ތިބި "ޑިމޮކްރަސީގެ ދަތުރު" ބޮޑެތި ގެއްލުންތަކާއެކު ފަރަށް އުރުވާލީއެވެ.
ނޫސްވެރިކަން ކުރާތީ ޖަލަށްލި؛ މަޖިލިސް މެމްބަރުކަމުން ވަކިކޮށް އަރުވާލި؛ ވެރިކަމަށް އަޔަތީ ބަގާވާތްކޮށް ވެރިކަން ވައްޓާލި؛ ސިޔާސީ ލީޑަރަކަށް ވީތީ މަރާލަން ބޮންގޮއްވާލި؛ އެ މީހާއަށް މިހާ ގިނަ އަނިޔާކޮށް މަރާލަން އުޅުމުގެ އަސްލު ބޭނުަމަކާއި ސަބަބަކީ ފަހެ ކޯބައިތޯއެވ؟
އިސްލާމީ ދައުލަތެއްގެ މައްޗަށް ބަޣާވާތުގެ ހިޔަނިއެޅި ކަޅުކަން ގަދަވެގެން ދިޔަ ހިނދުގައެވ. ރައްޔިތުންގެ ބާރުވެރިކަމާއި ކެރުންތެރިކަމުން ކުރި ހޯދީ ބިރުވެރި ކަމާއު ނާމާން ކަމުގައި އެތައް ބަޔަކު ކުރި ހިތްވަރުގަދަ މަސައްކަތުންނެވެ. ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެންއަންނީ އަދި ދެމި އޮންނަނީ ރައްޔިތުންގެ ބާރުވެރިކަން ކަށަވަރު ކުރުމުގެ މަސައްކަތުގައި އެ ރައްޔިތު ދެމިތިބިހައި ހިނދަކުއެވެ.
ކޮމެންޓް