ޑޭޓާބޭސްއަށް ބަލާލީމާ އަޅުގަނޑުމެންނަށް މި ފެންނަނީ ގަނޑުކޮށް މީހުން މަދުވެފައި ހުރިތަން: ފިރުޝާން

ހުސައިން ފިރުޝާން

ދަ ޑިމޮކްރެޓްސް ޕާޓީގެ 500 އަށްވުރެ ގިނަ މެންބަރުން އެ މެންބަރުންނަށް ނޭނގި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީއެންސީ) އަށް ބަދަލުކޮށްފައިވާ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅައިފި އެވެ.

ދަ ޑިމޮކްރެޓްސް ޕާޓީ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި ހުސައިން ފިރުޝާން ވިދާޅުވި ގޮތުގައި މި މައްސަލައިގައި ޕާޓީގެ މެންބަރުންގެ އިތުރުން އެހެން ފަރާތްތަކުގެ މެންބަރުޝިޕްވެސް ވަގަށް ޕީއެންސީއަށް ބަދަލުކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ. އަދި މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި ފުލުހަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޑޭޓާބޭސްއަށް ބަލާލީމާ އަޅުގަނޑުމެންނަށް މި ފާހަގަވީ އޯގަސްޓު މަހުން ފެށިގެން ހަމަ ގަނޑުކޮށް މީހުން މަދުވެފައި ހުރިކަން ޕާޓީން،" ފިރުޝާން ވިދާޅުވިއެވެ. އަދި މެންބަރުންނާ ގުޅައިގެން މި މައްސަލައިގެ މަޢުލޫމާތު ސާފުކުރިއިރު، އެއްވެސް މެންބަރަކަށް ނޭނގި ހިނގާފައިވާ ކަމެއްކަން ފާހަގަކުރެވުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފިރުޝާން ވިދާޅުވި ގޮތުގައި މިއީ މުޅި މަލްޓިޕާޓީ ޑިމޮކްރެޓިކް ސިޔާސީ ނިޒާމަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ. އަދި މިހާތަނަށް ފާހަގަކުރެވިފައިވާ ގޮތުގައި ގާތްގަނޑަކަށް 700 އެއްހާ މެންބަރުންގެ މެންބަރުޝިޕް ވަނީ ހުއްދަނެތި ބަދަލުކޮށްފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.