ކުޑަކުދިންގެ ޒާތީ މަޢުލޫމާތު ހާމަކުރުމާމެދު މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާ

ކުޑަކުދިންގެ މައްސަލަތަކާ ގުޅުވައިގެން އެކުދިންގެ ފޮޓޯ އަދި ވީޑިއޯ އާންމުކޮށް، އެކުދިންގެ ޒާތީ މަޢުލޫމާތު ހާމަވާގޮތަށް މަޢުލޫމާތު ޝާއިޢުކުރަމުންދާތީ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ކުޑަކުދިންގެ ޒާތީ މަޢުލޫމާތު ދެނެގަނެވޭނެ ފަދަ މަޢުލޫމާތުތައް އާންމުކުރުމަކީ އެކުދިންގެ ޙައްޤުތަކަށް އަރައިގަތުމެއް ކަމަށެވެ.

IMG_3969.jpeg

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ކުޑަކުދިންގެ މަޢުލޫމާތު ހާމަކުރުމުގައި ޢަމަލުކުރަންޖެހޭ ވަކި އުސޫލުތަކެއް ކަނޑައެޅިފައިވާއިރު، މިފަދަ މަޢުލޫމާތު ހާމަކުރުމަކީ ޤާނޫނާ ޚިލާފު ކަމެއްކަން ފާހަގަކޮށްފައިވެއެވެ.

މީޑިއާ އަދި އާންމު ފަރުދުންވެސް ކުޑަކުދިންނާ ގުޅޭ މަޢުލޫމާތު ހާމަކުރުމުގައި އިތުރަށް ސަމާލުވުމަށާއި، ކުޑަކުދިންގެ މަސްލަހަތު ރައްކާތެރިކުރުމަށް މިނިސްޓްރީން ވަނީ ގޮވާލާފައެވެ.

އަދި މިފަދަ ޢަމަލުތައް ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބަޔާނުގައި ފާހަގަކޮށްފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.