ހޫނު ހަބަރު
ހެންވޭރު ބުރެވީމަގުގައި ހުރި އިމާރާތެއްގެ 5 ވަނަ ފަންގިފިލާއިން ކުޑަކުއްޖަކު ވެއްޓެން ގޮސް ކިރިޔާ ސަލާމަތްވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މިރޭ 8:50 ހާއިރުއެވެ.
މި ހާދިސާއާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަދި ވަކިއެއްޗެއް ބުނެފައިނުވެ އެވެ.
މިފަދަ ހާދިސާތައް އިތުރުވަމުން އަންނަކަމަށް ފާހަގަކުރެވޭ ހިނދު، ކުޑަކުދިންގެ ރައްކާތެރިކަމަށް އިތުރު ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފައިވެއެވެ. ޚާއްޞަކޮށް މަތީ ފަންގިފިލާތަކުގައި ދިރިއުޅޭ ޢާއިލާތަކުން ކުޑަކުދިންނަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދިފައިވެއެވެ.
މިއަހަރުގެ ތެރޭގައި މިފަދަ އެތައް ހާދިސާއެއް ހިނގާފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނިތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ގޮވާލާފައިވެއެވެ.
އިތުރު ހަބަރު އަންނަނީ ….
ކޮމެންޓް