ހެލިކޮޕްޓަރު ހާދިސާގައި އީރާންގެ ރައީސް އަވަހާރަވެއްޖެ

ހެލިކޮޕްޓަރު ހާދިސާގައި އީރާންގެ ރައީސް އަވަހާރަވެއްޖެ

އިރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި، އެ މަނިކުފާނު އަވަހާރަވެފައިވާކަން އެ ގައުމުގެ ދައުލަތުގެ މީޑިއާއިން މިއަދު ކަށަވަރުކޮށްދީފިއެވެ.

އީރާނުގެ ރައީސް އިބްރާހީމް ރައީސީ ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު އެކްސިޑެންޓުވެ، ގެއްލިގެން ހޯދަމުންދަނިކޮށް އޭގެ ބައިބައި ފެނިފައިވަނީ މިއަދުއެވެ. އެ ގައުމުގެ ރެޑް ކްރެސެންޓުން ބުނާ ގޮތުގައި އެ ސަރަހައްދުގައި ދިރުމުގެ ނިޝާނެއް ނެތެވެ.

އީރާންގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސާއި އެ މަނިކުފާނާ އެކު ދަތުރުކުރެއްވި އެ ގައުމުގެ ފޮރިން މިނިސްޓަރު ހުސައިން އާމިރު އަބްދުލްހައްޔާން ވެސް ވަނީ އެ ހާދިސާގައި އަވަހާރަވެފައެވެ.

ސިއްހީ މީހުން ވަނީ ދިރުމުގެ ނިޝާނެއް ނެތް ކަމަށް ބުނެފައެވެ.

މި ހާދިސާގައި ޖުމުލަ ނުވަ މީހުން އަވަހާރަވެފައިވާ ކަމަށް އީރާންގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ. އެ ބޭފުޅުން ދަތުރުކުރެއްވި ހެލިކޮޕްޓަރު އޮތީ އެއްކޮށް ހަލާކުވެ، އަނދާފައެވެ.

ހާދިސާއާ ގުޅޭ މާ ގިނަ މައުލޫމާތެއް މިހާތަނަށް ސާފުވެފައިނުވާއިރު، ޔަގީންނުވާ މައުލޫމާތު އާންމުކޮށް އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް މައުލޫމާތު އާންމުނުކުރާން އީރާންގެ ސަރުކާރުން ވަނީ އެދިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އީރާންގެ ގާނޫނު ބުނާ ގޮތުން، ރައީސް ރައީސީ އަވަހާރަވުމުން އެ ޒިންމާތަކާ ހަވާލުވާނީ ނައިބު ރައީސެވެ. އަދި، ރައީސްގެ މަގާމު ހުސްވާތާ 50 ދުވަހުގެ ތެރޭގައި އާ ރައީސެއް އިންތިޚާބުކުރަން ޖެހޭނެއެވެ.

އީރާންގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ވެއްޓުނު ހެލިކޮޕްޓަރުގައި ރައީސްގެ އިތުރުން ވެސް ސަރުކާރުގެ އިސް ބޭފުޅުންތަކެއް ތިއްބެވިއެވެ. އޭގެ ތެރޭގައި:

  • ފޮރިން މިނިސްޓަރު ހުސައިން އާމިރު އަބްދުލްހައްޔާން

  • އީސްޓް އަޒަރުބައިޖާން ޕްރޮވިންސުގެ ގަވަރުނަރު މާލިކް ރަހުމަތީ

  • ތަބްރީޒް ޕްރޮވިންސުގެ އިމާމް މުހައްމަދު އަލީ އަލް ހާޝިމް

އީރާންގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އެކަމަކު، ހާދިސާ ހިންގަން މެދުވެރިވީ ސަބަބެއް ވެސް އަދި ހާދިސާ ހިނގި ގޮތުގެ ވެސް މާ ބޮޑު ތަފުސީލުތަކެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.