ހެޕިނަސް އިންޑެކްސް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން
މިނިސްޓްރީން އެކުލަވާލަމުންދާ ހެޕިނަސް އިންޑެކްސްގެ މަސައްކަތްތަކާ ގުޅޭގޮތުން މިއަދު ދިރާގުގެ އިސް މަންދޫބުންނާއެކު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމަކީ ހެޕިނަސް އިންޑެކްސް އެކުލަވާލުމުގެ މަސައްކަތުގައި އެކި ދާއިރާތަކުގެ ހިއްސާ ހޯދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ދިރާގުގެ ފަރާތުން ގިނަ މުހިންމު ޚިޔާލުތަކާއި މަޝްވަރާތައް ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ.
ހެޕިނަސް އިންޑެކްސްއަކީ ރާއްޖޭގެ ރައްޔިތުންގެ އުފާވެރިކަމުގެ މިންވަރު ދެނެގަތުމަށް އެކުލަވާލެވޭ މުހިންމު ތަފާސްހިސާބެއް ކަމަށްވާއިރު، މި އިންޑެކްސް އެކުލަވާލުމުގައި އަމިއްލަ ކުންފުނިތަކުގެ ބައިވެރިވުން ކަށަވަރުކުރުމަކީ މިނިސްޓްރީގެ އަމާޒެކެވެ.
މިފަދަ އިންޑެކްސްއެއް އެކުލަވާލުމަކީ ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ރައްޔިތުންގެ އުފާވެރިކަމާއި ދުޅަހެޔޮކަން އިތުރުކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމުގައި މިނިސްޓްރީން ދެކެއެވެ.
ކޮމެންޓް