ސިޔާސީ ޕާޓީތަކާ ގުޅުމާއި ވަކިވުމުގެ ނިޒާމު ޑިޖިޓަލައިޒް ކުރުމަށް ފާރިޝް ގޮވާލައްވައިފި

ފާރިޝް މައުމޫން

ސިޔާސީ ޕާޓީތަކާ ގުޅުމާއި ވަކިވުމުގެ ނިޒާމު ޑިޖިޓަލައިޒް ކުރުމަށް ފާރިޝް ގޮވާލައްވައިފިއެވެ.

ސިޔާސީ ޕާޓީތަކުގެ މެންބަރުކަމަށް އިނގިލީގެ ނިޝާން ބޭނުންކުރުމުގެ ބަދަލުގައި އީ-ގަވަރނަންސް ނިޒާމުގެ ތެރެއިން އެކަން ކުރެވޭނެ ގޮތް ހަމަޖެއްސުމަށް ފާރިޝް މައުމޫން ގޮވާލައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާރިޝް ވިދާޅުވެފައިވަނީ މިހާރު ގާނޫނުން އުފައްދާފައިވާ އިނގިލީގެ ނިޝާން ބޭނުންކުރުމުގެ ނިޒާމަކީ ހަމައެކަނި ޕާޓީތަކަށާއި ޕާޓީތަކުގެ ލީޑަރުންނަށް މެންބަރުކަމުގެ ކޮންޓްރޯލް ދިނުމަށް އޮތް ނިޒާމެއް ކަމަށެވެ. އަދި މި "އާސާރީ ޢަމަލު" އަދިވެސް ކުރިއަށް ގެންދަނީ ހުރިހާ ބޮޑެތި ޕާޓީތަކުގެ ތާއީދާއެކު ކަމަށް ވެސް ވިދާޅުވިއެވެ.

ފާރިޝް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި މިހާރު ގެންގުޅޭ އީ-ގަވަރނަންސް ނިޒާމަކީ ރައްޔިތުން އިތުބާރާއެކު ފުރިހަމައަށް ބަލައިގަނެ ބޭނުންކުރާ ނިޒާމެއް ކަމަށާއި، އައިޑެންޓިޓީ ފްރޯޑްގެ ޝަކުވާ ވަރަށް މަދު ކަމަށެވެ. އަދި އީފާސް ޕްލެޓްފޯމް މެދުވެރިކޮށް ސިޔާސީ ޕާޓީއަކާ ގުޅެން ނުވަތަ ވަކިވާން ބޭނުންވާ މީހުންގެ އައިޑެންޓިޓީ ފަސޭހައިން ޔަގީން ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މި މައްސަލައިގައި އިލެކްޝަންސް ކޮމިޝަނަށް އަމާޒުކޮށް ފާރިޝް ވިދާޅުވެފައިވަނީ، ސިޔާސީ ޕާޓީތަކާ ގުޅުމާއި ވަކިވުމުގެ ބާރު ސީދާ އެޕް ނުވަތަ ވެބްސައިޓެއް މެދުވެރިކޮށް ރައްޔިތުންނަށް ދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ދޭ ލަފާގެ ތެރޭގައި މިކަން ހިމަނައިދިނުމަށް އެތައް ފަހަރަކު ގޮވާލާފައިވާ ކަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.