ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަމުންދާ ތެލެސީމިއާ ކުދިން ސްކްރީން ކުރަން
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން 2024 ވަނަ އަހަރު ބޯން މެރޯ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ފޮނުވި ކުދިންގެ ތެރެއިން 6 ކުދިން ފަރުވާ ފުރިހަމަކޮށް ރާއްޖެ އެނބުރި އައިސްފިއެވެ.
ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އެމަނިކުފާނުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުގައި ޝެއަރ ކުރެއްވި ޕޯސްޓެއްގައި "ރައީސް ޑރ.މުއިއްޒޫ ވައުދު ވެލެއްވީ ގޯތައް 2024 ވަނާ އަހަރޫ ބޯންމެރޯ ހަދަން ފޮނުވުނު ކުދިންގެތެރެއިން 6 ކުދިން ފަރޫވާ އަށްފަހު އަތުވެއްޖޭ. އަލްހަމްދުލިﷲ" ޝާއިއުކޮއްފައިވެއެވެ.
ބޯން މެރޯ ފަރުވާއަކީ ލޭގެ ބަލިތަކަށް ދެވޭ އެންމެ މުހިންމު ފަރުވާތަކުގެ ތެރެއިން އެއް ފަރުވާއެވެ. މި ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ކުދިންނަށް ބޮޑެތި ޚަރަދުތަކެއް ކުރަން ޖެހެއެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުން މި ފަރުވާ ހޯދުމަށް ކުދިން ފޮނުވުމަކީ ގިނަ ރައްޔިތުންގެ އުންމީދުތަކެއް ހާސިލުވެގެން ދިޔަ ކަމެކެވެ. އަދި މި ކުދިން ފަރުވާ ހޯދުމަށްފަހު ރާއްޖެ އެނބުރި އައުމަކީ އެ ޢާއިލާތަކަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.
ކޮމެންޓް