މުހައްމަދު ޒާހިދު،
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް މުހައްމަދު ޒާހިދު، ދަފްތަރު ނަންބަރު ރސ. 1548 އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އީސީގެ މެންބަރުކަމުގެ ދެ މަގާމު ހުސްވީ އެ ކޮމިޝަންގެ ނައިބުރައީސްގެ މަގާމުގައި ހުންނެވި އަލީ ނަޝާތު އާއި މެންބަރު މުހައްމަދު އާސިފް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފާސްކުރުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާގައި މުހައްމަދު ޒާހިދު އާއި އަބްދުއްރަހްމާން ސޮލާހް ރަޝީދަށް މަޖިލީހުން ރުހުން ދިނުމާމެދު ވޯޓަށް އަހާފައިވަނީ ވަކިވަކިންނެވެ.
އީސީގެ މެންބަރު ކަމަށް މުހައްމަދު ޒާހިދު އާއި އަބްދުއްރަހްމާން ސޮލާހް ރަޝީދު އައްޔަންކުރަން ފާސްވީ ވޯޓު ދެއްވި 68 މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމެންޓް