ވިލިމާލެ ދައިރާގެ މެންބަރު މުހައްމަދު އިސްމައިލް
ފިއްޓޭއަކީ އެއްޕާޓީން އަނެއްޕާޓީން ދުވުމުގެ ހިސްޓުރީއެއް އޮތް ބޭފުޅެއް ކަމަށް ވިލިމާލެ ދައިރާގެ މެންބަރު މުހައްމަދު އިސްމައިލް ސިފަކޮއްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)އަށް ނޭނގި ވެރިކަން ކުރާ ޕީއެންސީއަށް ވައްދާފައިވާ މައްސަލައެއް ފެންމަތިވެފައިވީއިރު އީސީ އިން ދަނީ އިތުރަށް މިކަން ތަހުގީގް ކުރަމުންނެވެ.
އެމްޑީޕީގެ އެކްޓިވިސްޓުން ދަނީ އެކި މިޑިއާ ޕްލެޓްފޯމްތަކުގައި އަޑުގަދަކުރަމުންނެވެ. މީސްމީޑިއާގައި ދައުރުވާ ފިއްޓޭ ޕީއެންސީއަށް ސޮއި ކޮއްފައިވާ ފޯމް އާ ބެހޭގޮތުން ވިލިމާލެ ދައިރާގެ މެންބަރު މުހައްމަދު އިސްމައިލް އެކްސްގައި ވަރުގަދަރައްދެއް ދެއްވައިފިއެވެ.
މެންބަރު މުހައްމަދު އިސްމައިލް ވިދާޅުވީ “އެއްޕާޓީން އަނެއްޕާޓީން ދުވުމުގެ ހިސްޓުރީއެއް އޮތްބޭފުޅެއް އަޅުގަނޑުގެ އަހު ފިއްޓޭއަކީ އަދާލަތު ޕާޓީއައްވެސް ވައްދައިގެންއުޅުނު މާނައަކީ ޕީއެންސީއައް ވައްދައިގެން ކަމަށް ތިޔަބުނާ ފޯމަކީ ފިއްޓެ އަމިއްލަފުޅަ ކޮއްފަވާކަމެށް ކަމަށް ސައްކެއްނެތް މިންވަރައް ޔަގީންވޭ ޕީއެންސީގެ މެންބަސިޕް އިތުރުކުރުމުގެ ހަރަކާތަކީ ދިވެހި ރައްޔިތުމީހަ ގާތައްގޮސްގެން ރައްޔިތުމީހާ ބޭނުންވެގެން ޕީއެންސީގެ މެންބަރަކައްވާނީ” އެވެ.
ކޮމެންޓް