ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޒިޔާދު
ޕީއެންސީއަށް ވެއްދި މީހުންގެ ތެރޭގައި ފިއްޓޭގެ އިތުރުން އޭނާގެ ކެމްޕޭން މެނޭޖަރުވެސް ހިމެނެ އެވެ.
ފިއްޓޭ ވިދާޅުވި ގޮތުގައި އޭނާ ހުންނެވި ޕާޓީ އިން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މެސެޖެއް ފޮނުވާނެ ކަމަށާއި އެ މެސެޖުވެސް ލިބިފައި ނުވާ ކަމަށެވެ. ޕީއެންސީ އާ ގުޅިގެން އީސީ އިން ހިންގާ ވިޔާނުދާ ޖަރީމާއެއް ކަމަށް ހުސައިން ޒިޔާދު ވިދާޅުވިއެވެ.
ގާނޫނުއަަސާސީއަށް މިދިޔަ އަހަރު ގެނައި އިސްލާހާ ގުޅިގެން ފިއްޓޭގެ މަޖިލިސް ގޮނޑިއާ މެދު މިބަދަލާ އެކު ސުވާލު އުފެދެ އެވެ.
ގާނޫނުއަސާސީއަށް ގެނައި އިސްލާހުގައި ބުނެފައިވަނީ މަޖިލީހުގެ މެންބަރަކު އިންތިހާބުވި ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ ޕާޓީއަކުން ވަކިކޮށްފިނަމަ މެންބަރު ކަމުން ވަކިވާނެ ކަމަށެވެ.
ކޮމެންޓް