ޕަމްޕަށް ދިމާވި މަށްސަލަ ހައްލުކުރަނީ
މާލޭގެ މާފަންނު ސަހަރާގައި ހަދާފައިވާ ސްޓޯމްވޯޓާ ޕަމްޕް ސްޓޭޝަން ލިބުނު ގެއްލުން ހައްލުކޮށްފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައިވަނީ ޕަމްޕް ސްޓޭޝަން ލިބުނު ގެއްލުން އިއްޔަ ވަގުތީ ގޮތުން ހައްލުކުރީ އާރްޑީސީ އާއި ސްޓެލްކޯގެ އެހީތެރިކަމާއެކު ކަމަށެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބް އިއްޔަ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާފަންނު ސަހަރާގައި ހުރި ސްޓޯމްވޯޓާ ޕަމްޕް ސްޓޭޝަނަށް ގެއްލުންތަކެއް ލިބުނީ ސަހަރާގެ ބައެއް ހުސްކުރުމަށް މާލެ ސިޓީ ކައުންސިލުން މިހާރު އެ ސަރަހައްދުގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން އެ މަސައްކަތް ކުރަނީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ހުއްދައެއް ނެތި ކަމަށްވެސް މުއްތަލިބް ތުހުމަތު ކުރެއްވި އެވެ. އަދި ސިޓީ ކައުންސިލުން މާފަންނު ސަހަރާގެ ކައިރީގައި މަސައްކަތް ކުރަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށްވެސް ވިދާޅުވި އެވެ.
ކޮމެންޓް