އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް
ރޭ ރިލެކްސް ފެރީގެ ފޭސްބުކްގައި އެ ވާހަކަ ބުނެފައިވާއިރު ފަޒުލްވަނީ އެ ޕޯސްޓް ޝެއާކޮށްފަ އެވެ.
1.4 މިލިއަން ރުފިޔާ ފެނުނު ކަމަށް ނޫސްތަކުގައި ރިޕޯޓްކުރުމާ ގުޅިގެން އެ ފައިސާއަކީ ކުންފުންޏަކުން ދީފައިވާ ފައިސާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ސޯޝަލް މީޑިއާގައި ފަޒުލް ވާހަކަ ދައްކަވައިފި އެވެ.
ލޯންޗެއް ބަންނަން ފަޒުލްއަށް 1.4 މިލިޔަން ރުފިޔާގެ ނަގުދު ފައިސާ ދިންކަމަށް ބުނީ ރިލެކްސް ފެރީ ސާވިސްއިންނެވެ. ރޭ ރިލެކްސް ފެރީގެ ފޭސްބުކްގައި އެ ވާހަކަ ބުނެފައިވާއިރު ފަޒުލްވަނީ އެ ޕޯސްޓް ޝެއާކޮށްފަ އެވެ.
ރިލެކްސް ފެރީ ސާވިސްއިން ބުނެފައިވަނީ 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާއެކު މުޢާމަލާތްކޮށް ލޯންޗެއް ބަނދެފައިވާ ކަމަށާއި، އެ ލޯންޗުގެ ފެންވަރު ރަނގަޅުކަމުން ދެވަނަ ފަހަރަށް އިތުރު ލޯންޗެއް ބަނުމަށްޓަކައި 2024 ވަނަ އަހަރުގެ ކުރީކޮޅު މަޝްވަރާކޮށް، މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ދީފައިވާނެ ކަމަށެވެ.
ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ފަޒުލްގެ ގެއިން 1.4 މިލިއަން ރުފިޔާ ފެނުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ފަޒުލްގެ ގެ ބަލައިފާސްކުރިއިރު ދަބަހެއްގެ ތެރެއިންނެވެ.
ކޮމެންޓް