ވެލާނާ އެއާޕޯޓްގައި ޕާކްކޮށްފައިވާ ބައެއް ޖެޓްތައް
މި މަހުގެ ތެރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި 148 ޖެޓަށް މަރުހަބާ ކިޔާފައިވާ ކަމަށް ބުނެފިއެވެ.
ވެލާނާ އެއާޕޯޓުން ބުނީ، މި މަހުގެ ތެރޭގައި 148 ޖެޓަަކަށް މަރުހަބާ ކިޔާފައިވާ ކަމަށާއި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 8 ޕަސެންޓްގެ ކުރިއެރުމެއް ކަމަށެވެ. މިއީ ހަގީގަތުގައި ވެސް ޗުއްޓީ މޫސުމެއް ކަން އެނގިގެން ދާ ކަމަށް އެ އެއާޕޯޓުން ބުނެފައި ވެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެޓް ޕާކް ކުރުމަށް 68 ޕާކިން ސްލޮޓް ހަދާފައިވެ އެވެ.
މި ދުވަސްވަރަކީ އާންމުކޮށް ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ދުވަސްވަރެއް ކމުން މި ދުވަސްވަރު އެއާޕޯޓުގެ މޫވްމަންޓްތައް ވަނީ އިތުރުވެފައެވެ. އެގޮތުން މި މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ވަނީ ދެމިލިއަން ވަނަ ފަތުރުވެރިޔާ ޒިޔާރަތްކޮށްފައެވެ. އެ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.
ކޮމެންޓް