ތޮއްޑޫ ކައުންސިލްގެ ރައީސް އަހްމަދު ކަރަމްގެ ގެސްޓް ހައުސް
އއ. ތޮއްޑޫ ކައުންސިލްގެ ރައީސް އަހްމަދު ކަރަމް އެ ރަށުގައި ހިންގާ ސެރީން ސްކައި ގެސްޓްހައުސްގައި އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ގެސްޓްހައުސްގެ މުވައްޒަފަކު އެ ތަނުގައި މަސައްކަތް ކުރާ ތައިލެންޑް އަންހެން މުވައްޒަފަކަށް "ކަމެއް ކުރި ކަމުގެ" މައުލޫމާތު ލިބުމާ ގުޅިގެން އެ މައްސަލަ އޭނާ ވާނީ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ކަރަމް ވިދާޅުވި އެވެ. "އެ އަންހެން ކުއްޖާއަކީ ކުރިންވެސް މިތަނުގައި އުޅެފައި އޭނާގެ ރަށަށް ގޮސްފައި އަނެއްކާވެސް އެނބުރި މިތަނަށް އައިސް އުޅޭ ތައިލެންޑް މީހެއް. ކަމެއް ދިމާވީމާ އެ އޮންނަ އުސޫލުން މައްސަލަ ވަނީ ފުލުހަށް ހުށަހަޅާފައި،" ކަރަމް ވިދާޅުވި އެވެ.
މިމައްސަލައިގައި ފުލުހުން ބުނީ އަންހެން މީހާގެ ސްޕޮންސަ، އެ އަންހެން މީހާއަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް މިމަހުގެ 26 ވަނަ ދުވަހުގެ އިރުއޮއްސި 6:50 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ މައްސަލަ ތަހުގީގު ކުރަމުންދާ ކަަމަށްވެސް ބުންޏެވެ. ނަމަވެސް ސްޕޮންސަރަކީ ސީދާ ކާކު ކަމެއް ފުލުހުން ނުބުނެ އެވެ.
ކޮމެންޓް