ހުޅުމާލޭގައި ޕާކްކޮށްފަައި އޮތް ކާރެއްގައި އަލިފާން ރޯވެއްޖެ

ޕާކްކޮށްފަައި އޮތް ކާރެއްގައި

އަލިފާން ރޯވެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިތިގަސްމަގުގައި ޕާކްކޮށްފައި އޮތް ކާރެއްގަ އެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި މި ހާދިސާގެ މައުލޫމާތު ލިބުނީ ރޭ މެންދަމު 3:36 ހާއިރު އެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނަށް ލިބުމާއެކު އެ ފަޔާ ސްޓޭޝަނުގެ ފަޔަފައިޓަރުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ 04:01 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.