ފެމެލީ ކޯޓް
އަންނަ އަހަރު ހަފުތާ ބަންދު ދުވަސްތައްވެސް ހިމެނޭހެން ހުރިހާ ދުވަހެއްގައި ކޯޓުގައި ކައިވެނިކޮށްދޭން ފެމެލީ ކޯޓުން ނިންމައިފިއެވެ.
ފެމެލީ ކޯޓުން ވިދާޅުވީ އަންނަ އަހަރު ހުރިހާ ދުވަހެއްގައި ކައިވެނިކޮށްދޭނެ ކަމަށެވެ. އަދި ކުރީގެ އަހަރުތަކުގައި ހަފުތާ ބަންދު ދުވަސްތަކުގައި ކޯޓުގައި ކައިވެނިކޮށް ނުދިން ނަމަވެސް ގިނަ މީހުންގެ އެދުމުގެ މަތިން އަންނަ އަހަރު ހަފުތާ ބަންދު ދުވަސްތަކުގައި ކޯޓުގައި ކައިވެނިކޮށްދޭނެ ކަމަށް އެ ކޯޓުން ވިދާޅުވެއެވެ.
މިގޮތުން ހަފުތާ ބަންދު ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަހު ކައިވެނިކޮށް ދޭނީ މެންދުރުފަހު 3 އިން ފެށިގެން ރޭގަނޑު 9:30 އާހަމައަށެވެ. އަދި ހޮނިހިރު ދުވަހު ކައިވެނިކޮށް ދޭނީ ހެނދުނު 10 އިން ފެށިގެން ރޭގަނޑު 9:30 އާ ހަމައަށެވެ.
ކޮމެންޓް