އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި ވެމްކޯއިން ދޭ ހިދުމަތުގެ އަގުތައް ބޮޑުކޮށްފި

ވެމްކޯ މުވައްޒަފަން ކުނިއުކަން ކުނި އެއްކޮށްފައި

އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި ވެމްކޯއިން ކުނި ނަގާ ފީ އަށް ބަދަލުތަކެއް ގެނެސްފިއެވެ.

އިއްޔެ ވެމްކޯ އިން ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނިން މިފަހުން ހިދުމަތް ދޭން ފެށި ރަށްރަށުގައި އަންނަ މަހުން ފެށިގެން ފީ ނަގަން ފަށާނެ ކަމަށެވެ. އެގޮތުން ސިޓީތަކާއި ރަށްރަށުގައި އެ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދާ ކުނި މެނޭޖުކުރުމުގެ ހިދުމަތްތަކަށް ޖަނަވަރީ 1، 2025 އިން ފެށިގެން ފީ ނެގުމަށް ހަމަޖެހިފައިވާކަމަށް ވެމްކޯ އިން ވަނީ ބުނެފައެވެ. އަދި މިހާރުވެސް ފީ ނަގަމުންދާ ސިޓީތަކުގައި ފީ ނެގޭ އުސޫލައް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށްވެސް ވެމްކޯއިން ވަނީ ބުނެފައެވެ.

ވެމްކޯއިން ބުނީ އައު އުސޫލުގެ ދަށުން ގޭބިސީތަކުންނާއި، ވިޔަފާރި، އަދި ސަރުކާރުގެ މުއައްސަސާތަކުން ކުނި ނަގައި ދިނުމުގެ ހިދުމަތަށް އަގު ނެގުމުގެ އިތުރުން، ކުނި މެނޭޖްކުރާ ސެންޓަރުތަކަށް ކުނި އުކާލާ ފަރާތްތަކުން ކުނި އުކާލުމަށް ގޭޓު ފީ އެއް ނެގިގެންދާނެ ކަމަށެވެ.

ވެމްކޯގެ ހިދުމަތްތަކަށް ފީ ނެގުމަށް ހަމަޖެހިފައިވާ ގޮތަކީ:

  • ގޭބިސީތަކުން ކުނި ނަގައި ދިނުން - މަހަކަށް 150 ރުފިޔާ

  • ކޮމާޝަލް ކުނި ނަގައި ދިނުން - ވިޔަފާރިތަކުން - ލީޓަރަކުން 0.20 ރުފިޔާ - ސަރުކާރަށް - ލީޓަރަކުން 1.27 ރުފިޔާ

  • ގޭޓު ފީ - ސަރުކާރު - ޓަނަކަށް 2660 ރުފިޔާ - އަމިއްލަ ފަރާތްތަކުން - ޓަނަކަށް 212 ރުފިޔާ

ވެމްކޯއިން ބުނީ ގޭބިސީތަކުން ދައްކަންޖެހޭ ކުނި ނެގުމުގެ ފީ ނެގޭނީ ފެނަކަ އާއި ސްޓެލްކޯގެ ބިލުގެ ތެރެއިން ކަމަށެވެ. އަދި ގޭޓު ފީ ނެގުމަށް ހަމަޖެހިފައިވަނީ ޓްރާންސްފާ ސްޓޭޝަނަށް ކުނި ބަރުކޮށްގެން ގެންނަ ކުނި އުފުލާ އުޅަނދު ރަޖިސްޓްރީ ކުރެވިފައިވާ 'އުފުލޭ ބަރުދަނަށް' ބަލައިގެން ކަމަށެވެ.

މިހާރު އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއިން ކުނި ނެގުމުގެ އަގު 100 ރުފިޔާއަށް ހަމަޖެހިފައިވާއިރު މި ގެނައި ބަދަލާއެކު ދެން މި ދެ ސިޓީއިންވެސް ކުނި ނަގައިދޭނީ މާލެ ސިޓީއާއި އެއް އަގެއްގައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.