މަޖިލީހުގައި އެމްޑީޕީ މެންބަރުން އިހުތިޖާޖުކޮށްފި

އެމްޑީޕީ މެންބަރުން އަޑުއުފުލަނީ

އިންތިހާބުވާ ޕާޓީ ބަދަލުކުރުމުން އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަގުތުން ވަކިވާގޮތަށް ހިމަނައި، ގާނޫނުއަސާސީ އިސްލާހުކުރަން ފާސްކޮށްފިއެވެ.

ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވީ، ތިރީގައިވާ ތިން ހާލަތަކުން ކުރެ އެއް ހާލަތެއް މެދުވެރިވެއްޖެ ނަމަ މަޖިލީހަށް އިންތިހާބުވާ މެންބަރުން ވަކިވާނެ ކަމަށެވެ. އެއީ:

- ވަކި ޕާޓީއަކުން ވާދަކޮށް މެންބަރުކަމަށް އިންތިހާބުވާ ފަހުން އެ މެންބަރަކު އެ ޕާޓީއަކުން ވަކިވުމުން، ނުވަތަ އެ ޕާޓީން ވަކިވެ އެހެން ޕާޓީއަކާ ގުޅުމުން، ނުވަތަ ޕާޓީން އެ މެންބަރަކު ވަކިކުރުމުން

- އެ މެންބަރަކު މިހާރު ތަމްސީލުކުރާ ޕާޓީން ވަކިވުމުން، ނުވަތަ އެ ޕާޓީން ވަކިވެ އެހެން ޕާޓީއަކާ ގުޅުމުން، ނުވަތަ ޕާޓީން އެ މެންބަރަކު ވަކިކުރުމުން

- އަމިއްލަގޮތުން ވާދަކޮށް އިންތިހާބުވާ މެންބަރުން ސިޔާސީ ޕާޓީއަކާ ގުޅުމުން

ކޮމިޓީ މަރުހަލާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވަނީ މެންބަރުން ވަކިކުރުމުގެ ބާރު އެ ދާއިރާއެއްގެ ރައްޔިތުންނަށް ލިބޭގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމަށް ހުށަހަޅައިފައެވެ. ނަމަވެސް ކޮމިޓީން ނިންމީ އެ އިސްލާހު ބޭރުކޮށްލުމަށެވެ. އޭގެ ފަހުން ވެސް މީކާއީލް މި އިސްލާހު ހުށަހެޅުމުން، މަޖިލީހުން ވަނީ މި އިސްލާހު ބޭރުކޮށްލައިފައެވެ.

އެހެންވެ އެ އިސްލާހު ނުހިމަނާ ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރަން ފެނޭތޯ ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 91 މެންބަރުންގެ ތެރެއިން 78 މެންބަރަކު ވޯޓު ދެއްވީ ގާނޫނުއަސާސީ އިސްލާހުކުރަން ފެންނަ ކަމަށެވެ. ނުފެންނަ ކަމަށް 13 މެންބަރަކު ވޯޓު ދެއްވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.