ރައީސް ޑރ. މުހައްމަދު މުއިއްޒު
އާބަން ސެންޓަރުތައް ކަނޑައެޅުމުގައި ބޮޑު ތިލަދުންމައްޗާއި ދެކުނުގެ ސަރަހައްދު އުނިވެފައިވާ ސަބަބު ސަރުކާރުން ސާފުކޮށްދިނުމަށް ގޮވާލައްވައ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު 'އެކްސް'ގައި ގޮވާލާފިއެވެ.
ސަރުކާރުން ކުރި އިއުލާނު 'އެކްސް'ގައި ހިއްސާކުރައްވައި ޝާހިދު ވިދާޅުވީ، އާބަން ސެންޓަރުތައް ކަނޑައެޅުމުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ މަޝްވަރާ ހޯދުން މުހިންމު ކަމަށެވެ.
"އާބަން ސެންޓަރުގެ ގޮތުގައި ރަށްތަކެއް ކަނޑައެޅުމުގެ މަގްސަދަކީ ލާމަރުކަޒީ ނިޒާމުން ރަށްރަށް ހިންގުމުގެ ނިޒާމުން އެ ރަށްތައް ވަކިކޮށް މާލޭން ހިންގަން ފެށުން ކަމުގައި ވެގެން ނުވާނެ،" ޝާހިދު ލިޔުއްވާފައިވެއެވެ.
ޝާހިދުގެ ޕޯސްޓާ ގުޅިގެން 'އެކްސް'ގައި ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އެންމެ އުތުރުގެ ތިން އަތޮޅާއި ދެކުނުގެ ހަތަރު އަތޮޅު ހިމެނޭހެން އިންޓެގްރޭޓަޑް ޑިވެލޮޕްމެންޓް ޒޯނުތައް ތަރައްގީކޮށް، ހަތް އާބަން ސެންޓަރު ތަރައްގީކުރުން ކަމަށެވެ. އެއީ މާލޭގެ އުތުރުން ތިން ސަރަހައްދަކާއި މާލޭގެ ދެކުނުން ހަތަރު ސަރަހައްދެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިކަންކަމަކީ ކުރިޔަށް [އޮތް] 20 އަހަރު ދުވަހަށް އެކަށައަޅަން މަސައްކަތް ފަށާފައިވާ ތަރައްގީގެ މާސްޓާޕްލޭންގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ހިޔާލާއި، ފަންނީ ފަރާތްތަކާއި ކައުންސިލްތަކާއި ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު އެކަށައެޅުމަށް ގަސްދުކުރާ ކަންކަން،" ރައީސް ލިޔުއްވާފައިވެއެވެ.
ކޮމެންޓް