ސިޔާސީ ވެރިން މި ހިންގާ ޖަރީމާތަކުގެ އަގު ދިވެހި ލޮބުވެތި ރައްޔިތުންގެ އަތުން ދައްކަން ޖެހުނީމާ އޮކޭއެއްނޫން : އަފޫ

ޢަދޫ

ސިޔާސީ ޕާޓީގެ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާހަށް ވާހަކަފުޅު ދައްކަވަމުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ޙާމިދު ވިދާޅުވީ އެންޓީ ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ތާއިދު ކުރާކަމަށްށެވެ .

ސިޔާސީ ޕާޓީގެ ޤާނޫނަށް ގެނެވޭ އިސްލާޙުތަކާއެކު ޕާޓީތަކުގެ ހަރަކާތްތައް ޒިންމާދާކުރުކަންމަތީ ކުރިއަށްގެންދާކަން ކަށަވަރުކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ. މެންބަރުން މިހެން ވިދާޅުވީ ސިޔާސީ ޕާޓީގެ ޤާނޫނަށް އިސްލާޙު ގެންނަން ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ހުށައެޅުއްވި އިޞްލާހަށް ވާހަކަފުޅު ދައްކަވަމުންނެވެ.

އަފޫ ވިދާޅުވީ މިހާރު ބަލަންޖެހެނީ 5 މެންބަރުން ހިމެނޭ ބަންދު ކޮޓަރިއަކުން ނަގާ ވޯޓަކުން އެ ކޮމިޓީގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކޮއްގެންތޯ ނޫނީ މި މަޖިލީހުގެ 93 މެންބަރުންގެ ރުހުމާއި ތާއީދާއެކު ނެގޭ ވޯޓެއްގެ ތެރެއިން ، އަޅުގަނޑު މެން ކޮންމެ މެންބަރަކީ ރައްޔިތުން އިންތިހާބު ކޮއްފަހުރި މެންބަރުން ވީމާ މި އިހްތިޔާރު ފެނިގެންދަނީ މި އިސްލާހުގެ ތެރެއިން ރައްޔިތުންނާ ހަމަޔަށް ޑިމޮކްރަސީ އަސްލުހަގީގީ މާނައިގަ ބޭނުންކުރެވިގެން ދާތަން ކަމަށް މެންބަރު ވިދާޅުވިއެވެ.

‘’އަޅުގަނޑު މެން އަބަދުވެސް ކޮންމެ ވެރިކަމެއް އަންނައިރުގަވެސް ވައްކަމާ ދެކޮޅަށް ވަރަށްގިނަ ވާހަކަ ދެކެވޭ ، ޒީރޯޓޮލެރެންސްއޭ ކިޔާ އަޑަށް ބާރުލާ ވާހަކަދެއްކި މިންވަރަކަށް ކުރާ ވައްކަން އިތުރުވެގެން ދަނީ  މި ކުރާ ހުރިހާ ވައްކަމެއް މި ކުރަނީ ސިޔާސީ ޕާޓީތައް ނިވާފަށް ގަނޑެއްގެ ގޮތުގައި ބޭނުން ކޮއްގެން ‘’ މެންބަރު ވިދާޅުވިއެވެ.

މިއަދު ފަރުދީ ޒިންމާ އަދާކޮއް އަޅުގަނޑުމެންގެ ހަރަދުތައް ކުޑަކޮއް ގައުމުގެ އިޤްތިސޯދީ ހާލަތު ރަނގަޅު ކުރުމައްޓަކައި އެޅެންހުރި އެތައް ފިޔަވަޅުތަކެއް އެޅިދާނެއެވެ. މީގެތެރެއިން  އެންމެ މުހިންމު ކަމަކީ އަޅުގަނޑުމެންގެ ދައުލަތުން ހިޔާނަތްތެރިވެފަހުރި ، ނާޖައިޒް ގޮތުގަ ވަގައްނަގާފަ ހުރި ފައިސާތައް ހޯދުން އަދި  މި ފައިސާ ދައުލަތުން ހޯދިއްޖެ ކަމަށްވާނަމަ ފަސީހަ ކަމާއެކު ދިވެހީންގެރާއްޖެއަށް ވާސިލް ކޮއްދެވޭނެެ އަފޫ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީގެ ޤާނޫނަށް ގެންނަ އިސްލާޙުތަކަށް ގިނަ މެންބަރުން ތާޢީދުކުރައްވާފާވާއިރު ސަރުކާރާ އިދިކޮޅު ބައެއް މެންބަރުން ވަނީ އިސްލާޙާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.