ޔުނައިޓެޑުގެ ގިނަ ކުޅުންތެރިން މަކަރު ހަދަނީ

ޔުނައިޓެޑުގެ ގިނަ ކުޅުންތެރިން މަކަރު ހަދަނީ

މެންޗެސްޓަރ ޔުނައިޓެޑުގެ ބައެއް ކުޅުންތެރިން އަނިޔާގައި ތިބި ކަމަށް ބުނެ ނުކުޅެންވެގެން މަކަރު ހަދާ ކަމަށް އެ ކްލަބުގެ ކުރީގެ ލެޖެންޑް ވޭން ރޫނީ ބުނެފިއެވެ.

ޔުނައިޓެޑުން މި ސީޒަންގައި ހޯދަމުންދާ ދަށް ނަތީޖާތަކާ ގުޅޭ ގޮތުން ވޭން ރޫނީ ބުނީ މެންޗެސްޓާ ޔުނައިޓެޑުގެ އަނިޔާގައި ތިބި ބައެއް ކުޅުންތެރިން ކުޅެން ފިޓް ކަމަށް "100 ޕަސެންޓް" ޔަގީންވެފައިވާ ކަމަށާއި އެކަމަކު އެ ކުޅުންތެރިން މަކަރު ހަދައި ކުޅެން ބޭނުން ނުވަނީ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ހުރިހާ އުނދަލެއް އޮތީ ކޯޗު އެރިކް ޓެން ހޭގަށް ކަމަށް ރޫނީ ބުންޏެވެ.

ސުޕަ ސަންޑޭގައި އަމިއްލަ ދަނޑުގައި އާސެނަލް އަތުން 1-0 އިން ބަލިވި މެޗުގައި ޔުނައިޓެޑުގެ 10 ކުޅުންތެރިއަކު އަނިޔާގައި ތިބިއިރު، އެ މެޗުން ބަލިވެ ޓީމު އޮތީ ލީގުގައި އަށްވަނައިގައެވެ. މި ސީޒަނުގައި ޓެން ހެގްގެ ދަށުން ޔުނައިޓެޑުން ހުރިހާ މުބާރާތަކުން 19 މެޗުން ބަލިވެފައިވާއިރު، މިއީ 1978-79 އަށް ފަހު އެންމެ ގިނަ މެޗުން ބަލިވެފައިވާ ސީޒަނެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ދަށް ނަތީޖާތަކުގެ ޒިންމާ ކުޅުންތެރިން ނަގަން ޖެހޭނެ ކަމަށާއި، ނަތީޖާ ބަދަލު ކުރެވޭނީވެސް ކުޅުންތެރިންނަށް ކަމަށް އެ ކްލަބުގެ ކުރީގެ ލެޖެންޑް ޑޭވިޑް ބެކަމްވެސްވަނީ ބުނެފައެވެ. 

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.