ހަށިވިއްކަމުންދިޔަ ބިދޭސީން އަދި އޭޖަންޓު
އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި 5 ބިދޭސީ އަންހެނަކާއި 1 ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށްގެންގޮއްސަ
ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި 5 ބިދޭސީ އަންހެނަކާއި 1 ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށްގެންގޮއްސިއެވެ.
އިމިގްރޭޝަނުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، އިމިގްރޭޝަންގެ ބެލުމުގެ ދަށް ގެންދެވުނު މި ބިދޭސީ 5 އަންހެނުންނާއި 1 ފިރިހެން މީހާ ހޯދިފައިވަނީ އިމިގްރޭޝަން އަދި ފުލުހުން އޯގަސްޓް އަދި ސެޕްޓެމްބަރުގައި ހިންގި އޮޕަރޭޝަންތަކުގައެވެ. މީގެތެރެއިން މިހާރު 3 ބިދޭސީ އަންހެނަކު ވަނީ ޑީޕޯޓުކޮށްފައިވާކަމަށް އިމިގްރޭޝަނުން މައުލޫމާތުދެެއެވެ. އަދި ދެންތިބި 2 ބިދޭސީ އަންހެން މީހުން އަދި 1 ފިރިހެން މީހާ ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.
އިމިގްރޭޝަނުން މައުލޫމާތުދޭ ގޮތުގައި ބިދޭސީ ފިރިހެން މީހާ ހަރަކާތްތެރިވެފައިވަނީ މި 5 ބިދޭސީ އަންހެނުންގެ އޭޖެންޓެއްގެ ގޮތުގައެވެ. އަދި މިކަމާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަނުން އަންނަނީ އެކި އިދާރާތަކާއި ގުޅިގެން ގަވާއިދާއި ހިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދައި އެމީހުން ލައްވާ ގަވާއިދާ ހިލާފަށް މަސައްކަތް ކުރުވާ ދިވެހިންނަށް ލިޔުމުން ނަސޭހަތްތެރިވަމުންނެވެ.
ކޮމެންޓް