ކުޅުމުގެ ތެރެއިން
ފައިނަލުގައި ކުޅޭނީ ކުރީ އަހަރުގެ ޗެންޕިއަން ސޮސް ބޮއިޒް އާއި ދެކޮޅަށް
ހިންނަވަރު ކޮމިއުނިޓީ ސެންޓަރ (އެޗްސީސީ) ޗެންޕިއަންޝިޕްގެ ފައިނަލަށް އެފްސީ މަކާއު ދަތުރުކޮށްފިއެވެ.
އިއްޔެ ކުޅުނު ސެމީ ފައިނަލްގައި އެފްސީ މަކާއު އަދި ރިވަރސައިޑް ބައްދަލުކުރި މެޗުގެ ވަގުތު ހަމަވިއިރު، ނަތީޖާ 1-1 އިން އެއްވަރުވެފައިވާތީ ޕެނަލްޓީ ޖަހައިގެން 3-4 އިން މޮޅުވެފައިވަނީ އެފްސީ މަކާއުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރިވަރސައިޑްގެ ޖާރޒީ ނަންބަރު 77 ހުސައިން އަޙްމަދުއެވެ. އޭނާވަނީ މި މެޗުގައި މޮޅެތި ސޭވްތަކެއް ކޮއްފައެވެ.
އެޗްސީސީ ޗެންޕިއަންޝިޕްގެ ފައިނަލުގައި ރިވަރސައިޑްއާއި ބައްދަލުކުރާނީ ކުރީ އަހަރުގެ ޗެންޕިއަން ސޮސް ބޮއިޒްއެވެ. މި މެޗްއަކީ ވަރަށް ފޯރިގަދަ ވާނެ މެޗެއް ކަމަށް ބެލެވެއެވެ. ފައިނަލް މެޗު އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.
ކޮމެންޓް