ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލް ކައިރީގައި ޕާކުކުރުން މަނާކޮށްފި

ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލް ކައިރީގައި ޕާކުކުރުން މަނާކޮށްފި

ފަސިންޖަރުންގެ އަދަދު އިތުރުވަމުން ދިއުމާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ވީއައިޕީ، ސީއައިޕީ އަދި ޑޮމެސްޓިކް ޓާމިނަލް ކުރިމަތީގައި ޕާކުކުރުން މަނާކޮށްފި އެވެ.

 މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ސޮއިކުރައްވައި މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެއީ ވަރަށް ހަނި މަގަކަށް ވެފައި، ފަސިންޖަރުންގެ އަދަދު އިތުރުވަމުން އަންނާތީ އެއާޕޯޓުގެ މަގުތައް ކާރުބާރު ބޮޑުވާކަން ފާހަގަވެފައިވާ ކަމަށެވެ.

 މީގެ ކުރިން އެކި އެއާލައިންތަކާއި އެ ނޫނަސް އެއާޕޯޓާ ގުޅުން ހުރި އޮޕަރޭޓަރުންގެ އުޅަނދުތައް އެ މަގުގައި (ވީއައިޕީ، ސީއައިޕީ އަދި ޑޮމެސްޓިކް ޓާމިނަލް ހިމެނޭ ސަރަހައްދުގައި) ޕާކު ކުރަމުންދިޔަ ނަމަވެސް، އެމްއޭސީއެލްއިން ބުނީ އެއީ މިހާރު ހާލަތު އޮތް ގޮތުން ކުރުން ރަނގަޅު ކަމެއް ނޫން ކަމަށެވެ.

އެއާޕޯޓް ބޭނުންކުރާ އެންމެންނަށް ވެސް އެންމެ ފައިދާހުރި އަދި ހިދުމަތްތައް ވެސް އެންމެ އަވަސް ކުރެވޭނެ ގޮތަކީ، އެ ކުންފުނިން ބުނި ގޮތުގައި، އެ ސަރަހައްދުގައި އެއްގޮތަކަށް ވެސް ޕާކުނުކުރުމެވެ.

އެހެންކަމުން 17 މެއިގެ ރޭގަނޑު 12 ޖެހުމާ ހަމައިން، ފަސިންޖަރުން އަރާފޭބުމަށް މަޑުކުރުން ފިޔަވައި ދެ މިނެޓަށް ވުރެ ގިނައިރު ވަންދެން އެއްވެސް އުޅަނދެއް އެ ސަރަހައްދުގައި ޕާކުކޮށްފައި ބޭއްވުމަކީ މަނާކަމެއްގެ ގޮތުގައި އެމްއޭސީއެލްއިން ވަނީ ކަނޑައަޅާފަ އެވެ.

އެ ގަވާއިދާ ހިލާފުވާ މީހުން އެމްއޭސީއެލްއިން ކަނޑައަޅާ މިންވަރަކުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ބަޔާނުގައި ވަނީ އަންގައިފަ އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.