އިމާމުންގެ މަހާސިންތާ 2024 ކުރިޔަށް ގެންގޮއްސި

މަހާސިންތާ ފެށުމުގެ ހަފްލާ

އިމާމުން އެއް ޕްލެޓްފޯމަކުން ބައްދަލުވެ އެކަކު އަނެކަކަށް ތަޢާރަފްވެ، އިމާމުންނަށް ހުރި ގޮންޖެހުންތަކާއި ދަތިތަކާއި ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުން

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިމާމުންގެ މަހާސިންތާ ކުރިޔަށް ގެންގޮސްފިއެވެ.

މި މަހާސިންތާއަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރަމުންދާ އިމާމުން އެއް ޕްލެޓްފޯމަކުން ބައްދަލުވެ އެކަކު އަނެކަކަށް ތަޢާރަފްވެ، އިމާމުންނަށް ހުރި ގޮންޖެހުންތަކާއި ދަތިތަކާއި ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމާއި އިމާމުންނަށް ޤުރްއާނާއި، ތަޖުވީދުގެ ޢިލްމާއި ތަފްސީރާއި، ފިޤުހާއި، ޙަދީޘާއި، އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމަކަށް ބޭޏުންވާ މުހިއްމު ޢިލްމީ މަޢުލޫމާތުތައް ހިއްސާކުރުމާއި މިސްކިތްތައް ބެލެހެއްޓުމުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި އެ މަސްއޫލިއްޔަތުތައް އާދަކުރުމުގައި ހުރި ގޮންޖެހުންތަކާއި އަދި އިމާމުން އިތުރަށް ތާޒާކުރުމާއި އިމާމުންގެ ކަންބޮޑުވުންތައް އަޑުއަހާއި މަޝްވަރާކުރުމަށްޓަކައި ބާއްވާ މަހާސިންތާއެކެވެ.

މަހާސިންތާ ފެއްޓެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އިމާމުންނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅުން ބަދަހިކުރައްވާ، އިމާމުންގެ ހުށައެޅުންތައް އަޑުއަހައި، މަޝްވަރާކުރުމަކީވެސް މި މަހާސިންތާގެ ބޭނުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމައެއާއެކު އިމާމުންގެ ދައުރު ފުޅާ ކުރުމަށް މަސައްކަތްކުރުމަކީވެސް މި މަހާސިންތާގެ މަޤްޞަދެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަހާސިންތާގެ ތެރެއިން މުހިއްމު 5 ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަދު ހެނދުނު ކުރިއށްދިޔަ ފުރަތަމަ ސެޝަން ނަންގަވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ. މި ސެޝަންގެ މަޢުޟޫއުއަކީ އުންމަތް ބިނާކުރުމުގައި މިސްކިތްތަކުގެ ދައުރެވެ. ހެނދުނު ކުރިއަށްދިޔަ ދެވަނަ ސެޝަންގައި އިމާމުންގެ މުހިންމުކަމާއި ރިވެތި އަޚުލާޤާއި ގުޅޭ ގޮތުން ސެޝަން ނަންގަވައިދެއްވީ އިސްލާމީ މަރުކަޒުގެ އިމާމް ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްއެވެ.

މަހާސިންތާގެ ތިން ވަނަ ސެޝަންގައި އިމާމުންނަށް ސިވިލްސާވިސް ޤަވާއިދާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު 4 ވަނަ ސެޝަންގައި އޮންނާނީ އިމާމުންނާ ބެހޭ ފިޤުހީ އަދި އިދާރީ އިރުޝާދު ދިނުމަށް ބާއްވާ ހާއްސަ ޕެނަލް ޑިސްކަޝަންއެކެވެ. އަދި އެންމެ ފަހު ސެޝަންގައި އޮންނާނީ އިމާމުންނާއެކު މަޝްވަރާ ކުރުމެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.